Thursday, 12 September 2024

ފަތުރުވެރިން އައި އަދަދަށް 10 އިންސައްތައިގެ ކުރިއެރުމެއް، ލައްކައަކާ ގާތަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ޖުމުލަ 10 އިންސައްތައިގެ ކުރިއެރުމަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ޢާންމުކޮށްފައިވާ "ޑެއިލީ އަޕްޑޭޓްސް ރިޕޯޓު" ގައިވާ ގޮތުން އަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 96،077 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 87،178 ފަތުރުވެރިންނާ އަޅާ ބަލާއިރު 10.2 އިންސައްތަ އިތުރު ޢަދަދެއްކަން ފާހަގަކުރެވެއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،005 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ބަލާލާއިރު، ޖުމްލަ މާކެޓު ޝެއަރގެ 12.3 އިންސައްތަ ޙިއްސާއާއެކު، ލިސްޓުގެ އެއްވަނައިގައި މިހާރު އުޅެނީ ރަޝިއާއެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

  • ރަޝިއާ – 11،778 ފަތުރުވެރިން
  • އިޓަލީ – 11،094 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 7،672 ފަތުރުވެރިން
  • އިންޑިއާ – 7،633 ފަތުރުވެރިން
  • ޖަރުމަންވިލާތް – 6،011 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިމަހުގެ 13ވަނަ ދުވަހު ކަމަށްވާއިރު، އެދުވަހު ރާއްޖެއަށް ވަނީ 7،703 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރަށް މި ސަރުކާރުން އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު