"ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯއްދައިދެވޭނެ، ނިކުމެ ކުރިމަތިލާންވީ"

ދިވެހި އަންހެނުން މިއިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި ނިކުމެ ކުރިމަތިލާންވީ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މިހަފްލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވީ މިސިނާއަތުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާކަމަށެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުން މަދުކަން ފާހަގަކުރައްވަމުން ވަޒީރު ފަހާގަކުރެއްވިއެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި މިސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ދިވެހި އަންހެނުން މިއިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި ނިކުމެ ކުރިމަތިލާންވީ، ސަރުކާރުން މިސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ،" ފައިސަލް ވިދާޅުވިއެވެ.

މި ޕްރޮގްރާމާއެކު ފަތުރުވެރިިކަމުގެ ދާއިރާއަށް އަންހެނުން ނިކުންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް މިސިނާއަތައް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާރޝިޕް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ. އަހަރަކު 2 ފަހަރު ހިންގުމަށް ނިންމާފައިވާ މިޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭއިރު، މިޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ.  އަދި މިޕްރޮގްރާމް ރޭވިފައިވަނީ ދުރުރާސްތާ ޕްލޭނަކާއެކު، ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ތަޖުރިބާކާރު މެންޓަރިންގ ހިމެނޭހެން، މަސައްކަތްކުރާ މާހައުލުގައި ތިން މަސްދުވަސް ހޭދަކޮށް، އަމަލީ ތަޖުރިބާ ލިބިގެންދާނެ ގޮތަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ