Saturday, 22 June 2024

ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ފުރިހަމަކުރުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވައިފި

ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.
ހަފްތާ 14ގައި ހިމެނޭ ކުޅިވަރު ވައުދުތަކުގެ ތެރެއިން އެންމެ ޗެލެންޖިން ބޮޑު އެއް ވައުދުގެ ގޮތުގައި އޮތީ ރަށް ރަށުގައި ނުނިމިހުރި ޕްރޮޖެކްޓްތައް ނިންމުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށުން ކުރިއަށްދިޔައީ ނ. މާފަރުގައި ތަރައްގީކުރި ވޮލީކޯޓު ހުޅުވުމުގެ ތެރެއިންނެވެ. ނ. މާފަރުގައި ވޮލީކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާ، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރު ރާފިއު ވަނީ މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެ މަސައްކަތްތައް ނިންމައި ކައުންސިލްތަކާ ހަވާލުކުރެވޭނެކަމަށެވެ. ހަމައެއާއެކު ރަށް ރަށަށް އިތުރަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ދެނެގަތުމަށް އެސެސްމަންޓްތައް ހަަދައި، އެ ރަށް ރަށުގައި ވަސީލަތްތައް ފުރިހަމަ ކުރެވޭނެކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ކުޅިވަރު ވަސީލަތްތައް ފުރިހަމަކުރުމާއިއެކު، އެކި ކުޅިވަރުތަކުން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރެއިން ކުޅިވަރު ވުޒާރާއިން ފުރިހަމަކުރި ދެވަނަ ވައުދެވެ. ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ކުޅީވަރާއި ހަށިހެޔޮކަމާ ގުޅުން ހުރި ހަތް ވައުދެއް ހިމެނެ އެވެ. އޭގެ ތެރެއިން ދެ ވައުދެއް މި ވަނީ ފުރިހަމަކޮށް ފައެވެ. ކުރިން ފުރިހަމަ ކުރި ޕްރޮގްރާމަކީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު ކުޅޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު