Saturday, 15 June 2024

ވުޖޫދުގައި ނެތް ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބު ފަސްކުރަން އެދިއްޖެ

ރައީސް ޔާމީން އުފައްދުމަށް މަސައްކަތް ކުރަމުންދާ އައު ސިޔާސީ ޕާޓީ ”ޕީޕަލްސް ނެޝަނަލް ފްރަންޓް“ (ޕީއެންއެފް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހް ފަސްކުރުމަށް އެދިއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން އިލެކްޝަން ކޮމިޝަން (އީސީ) އާ ބައްދަލުކޮށް ތާރީހް ފަސްކުރަން އެދިފައިވެއެވެ. އެގޮތުން ރޯދަ މަސްތެރޭގައި މަޖިލިސް އިންތިހާބު ބާއްވާފައިނަމަ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ފާހަގަކޮށް އެ ޕާޓީގެ ފަރާތުން ކުރީގެ މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވީ ރޯދަ މަސްތެރޭގައި އެ އިންތިހާބު ބާއްވައިފި ނަމަ ވޯޓާސް ޓާންއައުޓު ވަރަށްބޮޑަށް ދަށްވެގެންދާނެ ކަމަށެވެ.

އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށްވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި، ރޯދަ މަސް ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމުން ސިޔާސީ ބޮޑެތި ޕާޓީތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އީސީއަށް އެ ޝަކުވާތައް ހުށަހަޅާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

އެހެންވެ، ބެލިބެލުމުން ގާނޫނުން އެކަމަށް ހުރަސް ނާޅާ ކަމަށާއި އަދި އިންތިހާބު ފަސްކުރަން އެދުނީ ގާނޫނުން އެކަމަށް ހުރަސް ނާޅާތީ ކަމަށެވެ.

އީސީ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި އެޕާޓީގެ ފަރާތުން ވަނީ ޔާމީންގެ ޝަރީއަތް ނިމެންދެން ޕީއެންއެފް ރަޖިސްޓަރީ ކުރުމަށް މެންބަޝިޕް ފޯމުތައް ލުން ފަސްކޮށްފައި ވިޔަސް އެ ޕާޓީގެ ނަމުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު