"ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު މިއަދު އުފައްދަވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އިދާރާއަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރާނީ "National Institute for Maldivian Heritage Research" ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި497 ޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތައް

 1. ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން.
 2. ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ ޢިލްމުތައް ހޯދައި، އެ ޢިލްމުތައް ދިވެހިރާއްޖެއާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން.
 3. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ގުޅޭ ޢިލްމީ އަދި ފަންނީ ދިރާސާތައް ކުރުމާއި،
  އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި، އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
 4. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އައު ޓެކްނޮލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެކަންކަން ތަޢާރުފުކުރުން.
 5. ބޭރުގެ ބަސްބަހުން ލިޔެ އުފައްދައިފައި ހުންނަ ޤައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާ ގުޅޭ ޢިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހީންގެ ހާލަތަށް ވެހިކުރުން.
 6. ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތު (ދިވެހިވަންތަކަން) އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
 7. ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން.
 8. ޓެކްނޮލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށްޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
 9. ދިވެހި ޤައުމިއްޔަތު އާލާކުރުމާ ގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި ޢިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
 10. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ޕުރޮގުރާމުތައް ފަރުމާކޮށް ހިންގުމާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެފަދަ ޕުރޮގުރާމުތައް ހިންގުން.
 11. ސަރުކާރުގެ އިދާރާތަކާއި ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކުގައި ބައިވެރިވުން.
 12. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި އިންތިޒާމުކުރުން.
 13. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމުގެ މާއްދާތަކާއި މުގައްރަރުތައް އުފަންކުރުމާއި އެކުލަވައިލުމުގައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
 14. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ކަންކަމުގައި، ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
 15. ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާކުރުމުގައި ދިވެހިވަންތަކަން ގެނެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުން.
 16. ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުމާއި، މަސައްކަތްތަކާގުޅޭ އެންތޮލޮޖީތައް ކަނޑައެޅިފައިވާ މުއްދަތުތަކުން ޝާއިޢުކުރަމުން ގެންދިޔުން.
 17. ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ކަންކަން އިންތިޒާމުކޮށް، އެ އިސްވަރުގެ އިދާރީ ކަންކަން ބެލެހެއްޓުން.
 18. މަރުކަޒުގެ މަސައްކަތްތަކާ ގުޅިގެން އުފައްދާ ވަރުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް، އެ ވަރުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު