Thursday, 20 June 2024

މަޖިލިސް އިންތިޚާބު: މަޢުލޫމާތު ބަދަލުވެފައިވާނަަމަ އާދިއްތައިގެ ތިނެއްގެ ކުރިން އައިޑީކާޑު ހެދުމަށް ހުށަހަޅަންޖެހޭ

މައުލޫމާތު ބަދަލުވެފައިވާ މީހުން އަންނަ އާދިއްތަ ދުވަހުގެ 3:00 ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެއްޖެއެވެ.

އަންނަ މާޗު 17 ގައި ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރެއްވި އިޢުލާނާ ގުޅިގެން ޑީއެންއާރުން ޢާންމުކުރެއްވި އިޢުލާނެއްގައި ވަނީ، އެ އިންތިޚާބުގެ ވޯޓާސް ލިސްޓު ފައިނަލްކުރަން ޖެހޭތީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އައިޑީކާޑު ހަދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މައުލޫމާތު ބަދަލުވެގެން އޭގެ ފަހުން އައިޑީކާޑު ހަދައިދޭނީ، އެ މީހުންނަށް މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވުނަސް، އެ މީހުން އިއުތިރާޒު ނުކުރާ ކަމުގައި ވާނަމައެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްފަދައިން 18 އަހަރުން މަތި ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ އިއުލާނުގައިވެއެވެ.

އީސީން ވަނީ އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އާއްމުކޮށްފައެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު