މިއަދު ފެނިގެން މިދަނީ ކައުންސިލްތައް ބާރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒުކުރެވިގެންދާ ތަން: ވަޒީރު

ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ ސިޔާސަތު ތަންފީޒު ވަމުންދާތަންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ޤަވާއިދު" ގެޒެޓްކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީި ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒުގެ  ހަރުދަނާ ސިޔާސަތެއް ކަމަށެވެ.

” އެ ސިޔާސަތު ތަންފީޒު ވަމުންދާތަން މިދަނީ ފެންނަމުން، މިއީ ރައްޔިތުންނަށް އުންމީދު އާވާ ކަމެއް" މިނިސްޓަރ ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ފަޅުރަށްތައް ކައުންސިލަށް ލިބޭގޮތަށް ރައީސް ހެއްދެވުމުގެ ފުރިހަމަ ބޭނުން ހުރިހާ ކައުންސިލަކުން ހިފާނެކަން ޔަޤީން ކުރައްވާ ކަމަށާއި، އަދި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކޮށް، ރައްޔިތުންނަށް ފައިދާ ކުރާނެގޮތަކަށް ހުރިހާ ކައުންސިލްތަކުން މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވާއިރު ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި އެކައުންސިލެއް އިޚްތިޞާޞުން ބޭރުގައިވާ ފަޅުރަށްތައްވެސް ހިމެނޭ ގޮތަށް ހަމަޖައްސަވާ ޤަވާޢިދެއް ގެޒެޓް ކުރައްވާފައެވެ.

މި ޤަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެއެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ