30 އެޕްރީލް 2025

ހޮންގް ކޮންގް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޮންގް ކޮންގް އެއަރލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައި، މި އެއަރލައިނުން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން މަރުޙަބާ ކިޔާފައިވެއެވެ.

ފުރަތަމަ ދަތުރުގައި އެއަރލައިނުން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން  އައިސްފައިވާއިރު، ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށިއިރު މި އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ330 މަރުކާގެ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

މި ދަތުރުތައް ކުރާނީ ހޮންގް ކޮންގްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ހޮންގް ކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ. އޭރު ރާއްޖެއަށް ކޮށްފައިވަނީ ޗާޓަރ ދަތުރުތަކެކެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއަރލައިނުން ވަނީ ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލަން ޖެހުނީ ކޯވިޑް19ގެ ސަބަބުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު