23 އެޕްރީލް 2025

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެސެޖަކާއެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާއެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފިއެވެ.

ކުރީ ސަރުކާރުން ގުޅީފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވާ މީހުންނަށް އެ ގޯތިތައް ދިނުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ގޯތިތައް ލިބުނު ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، މާލެ ރަށްވެހިންގެ ޖަމިއްޔާ، ހުޅުމާލެ ރައްޔިތުންގެ ޖަމިއްޔާގެ ފަރާތުން ސުނާދު ލަތީފް ވަނީ ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވާފައެވެ.

ރައީސްއާ ބައްދަލުކުރެއްވުމަށްފަހު، ސުނާދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެއްވި ދައުވަތަަށް ޝުކުރު އަދާ ކުރާ ކަމަށާއި، ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ މަޝްރޫއާއި ގުޅޭގޮތުން ވަރަށް އަގުހުުރި ވާހަކަތަކެއް ޝުކުރު އަދާ ކުރާ ކަމަށެވެ.

ބައްދަލުވުމަށްފަހު ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ދެއްވި މެސެޖު މިރޭ ހިއްސާކުރާނެ ކަމަށެވެ.

"ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ސައްލާ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރެވުނެވެ. އަދި އެމަނިކުފާނު ދެއްވި މެސެޖު ހޮނިހިރު ދުވަހުގެ ރޭ އޮންނަ ބައްދަލުވުމުގައި ހާމަ ކުރެވޭނެ،" ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެއެވެ. މި ބައްދަލުވުން އޮންނާނީ މިރޭ 8:00 ޖަހާއިރު ސަލްޓާން ޕާކުގައެވެ.

"ތެދު ނޫން ވަަރަށް ގިނަ މައުލޫމާތުތަކުގެ ހަގީގަތް އެނގިއްޖެ.". އޭނާ ބުނެފައިވެއެވެ.

ސުނާދު ބުނީ، މާލޭގެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައެޅި މަންދޫބު ރަައީސް ޑރ. މުއިއްޒާއި ބައްދަލުކޮށް ސަައްލާ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރެވުނު ކަމަށެވެ. އަދި އެމަނިކުފާނު ދެއްވި މެސެޖް މިރޭ އޮންނަ ބައްދަލުވުމުގައި ހާމަ ކުރެވޭނެ ކަަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު