ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވްކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ފައި ބުރިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 63 އަހަރުގެ އެމެރިކާގެ އަންހެނެއް ކަމަށެވެ. އަދި އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އެ އަންހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި، ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވް ކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އަނިޔާވިކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. ފުލުހުން އަންނަނީ މި ހާދިސާ ތަޙުޤީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު