Wednesday, 19 June 2024

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ފައިސަލް ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކަން ޙިއްސާ ކުރެއްވުމަށްފަހުގައެވެ. އެމަނިކުފާނު އެޕާޓީން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފައިސަލް އެޕާޓީގައި ސޯޅަ އަހަރު ހޭދަކުރެއްވިއެވެ. އަދި އެމަނިކުފާނ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުފުޅު ނުގެންގުޅުއްވާ ކަމާއި. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޅާބަށް ވާދަކުރުމުގެ ވިސްނުންފުޅު ވެސް ނުގެންގުޅުއްވާ ކަން އެނގިފައިވެއެވެ.

ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، 2005 ގައެވެ. ނަމަވެސް 2008 ގެ ފަހުކޮޅު އެމަނިކުފާނު ޖޭޕީއާ ގުޅިވަޑައިގަތެވެ.

ރައީސް ޞާލިޙުގެ ނައިބު ރައީސްގެ ގޮތުގައި ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވީވެސް ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު