Wednesday, 22 May 2024

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ފުވައްމުލަކު ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ކަމަށެވެ. އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބުނީ ރޭ 22:15 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުކުރެވި ފާރެއްގައި ޖެހި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާއިރު އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *