Saturday, 15 June 2024
ރައީސް މުޢިއްޒު ކެބިނެޓް ގެ ޖަލްސާއެއްގައި

ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލަނީ

ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށައަޅައި މަޝްވަރާކުރެވުނު ކަރުދާހެކެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

އޭގެ ތެރޭގައި ވަކިވަކި އަރބަން ރީޖަންތަކާއި އަދި އަރބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުން ކޮށްގެން ތަފްސީލީ ސްޓަޑީ ހަދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމާއި، އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް ނުވަތަ ކްރައިޓީރިއާތަކާއި ލެވަލްތައް ކަނޑައެޅުއްވުން ހިމެނެއެވެ. މީގެ ތެރޭގައި އަރބަން ސެންޓަރުތައް ޖުމްލަ 3 ދަރަޖައަކަށް ބަހާލުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު