Saturday, 15 June 2024

އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ރީޖަނަލް ކޮލިފައިންގައި ތާރީޚީ ކާމިޔާބީތައް ހޯދި ޤައުމީ ޓެނިސް ޓީމާ ބައްދަލުކޮށްފި

އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުން ތާރީޚީ ކާމިޔާބީތައް ހޯދި ޤައުމީ ޓެނިސް ޓީމާ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ބައްދަލުކުރައްވައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މާރިޔާގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ ފާތިމަތު ފަޒުލާ ރަޝީދު އާއި މުޙައްމަދު މުންތިފް އަޙުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި، ޕްރެކްޓިސްތަކުގެ މައުލޫމާތުތައް މިނިސްޓަރު މާރިޔާ އޮޅުންފިލުވިއެވެ. އަދި ކުޅިވަރު ކުޅުމާއި، ކިޔެވުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ހޯއްދަވައި އެކަންކަން ހައްލުކުރެވޭނެ ގޮތްތައްވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ކުޅުންތެރިންގެ އެހެނިހެން ހުނަރުތަކާއި، އެ ހުނަރުތައް  ތަރައްގީކުރުމަށް ކުރެވޭނެކަންކަންވެސް އޮޅުންފިލުއްވިއެވެ.
ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވިއިރު، ޒުވާން ޓީމަށް މިއަހަރު ކުރިއަށްހުރި މުބާރާތްތަކުގެ މައުލޫމާތު، އެ އެސޯސިއޭޝަނުންވަނީ މިނިސްޓަރާ ހިއްސާކުރައްވާފައެވެ. 14 އަހަރުން ދަށުގެ ޓެނިސް ޓީމްގައި ހިމެނޭ އަންހެން ދެ ކުޅުންތެރިންނަކީ ނަބާ ނިޝާން އާއި މަންހާ މުޙައްމަދު އެވެ. އަދި ފިރިހެން ދެ ކުޅުންތެރިންނަކީ މީކާ މުޙައްމަދު ކަލީމް އަދި އާދަމް އާލް ނިޔާޒު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު