Saturday, 15 June 2024

ފޯމު ހުށަހެޅި ހުރިހާ ކެންޑިޑޭޓުންނަށް ޕީޕީއެމް/ޕީއެންސީ ޕްރައިމެރީގައި ވާދަކުރެވޭ ގޮތަށް ނިންމަވައިފި

ޕާޓީއަށް އެކަށީގެންވާ ހިދުމަތްތަކެއް ނުކުރާތީ އާއި، ޕްރައިމެރީގައި ވާދަކުރުމަށް ކަނޑައެޅި ބައެއް މުހިންމު ޝަރުތުތައް ފުރިހަމަ ނުވާތީ ބައެއް ކެންޑިޑޭޓުންގެ ފޯމުތައް ބަލައިނުގަތުމަށް ނިންމި ނިންމުން އަނބުރާ ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ކޯލިޝަނުގެ ޕާޓީއަށް އެދި ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަމަކު ބައެއް ޝަރުތުތަކެއްގެ ސަބަބުން، ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން ރަސްމީކޮށް ރޭގެ ވަގުތެއްގައި އެންގިއެވެ.
ނަމަވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ޕްރައިމެރީގައި ވާދަކުރުމަށް ނަން ހުށަހެޅުއްވި ބައެއް ފަރާތްތަކަށް ވާދަ ނުކުރެވޭނެކަމަށް ނިންމުމުން ގިނަ ޝަކުވާތަކެއް ލިބުނުކަމަށެވެ.
ފަހު ޕްރައިމެރީގައި ވާދަކުރުމަށް ނަން ހުށެހެޅި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު