Wednesday, 19 June 2024

މާލޭގެ މޭޔަރުކަމުގެ ހުވާ އާޒިމް ކުރައްވައިފި

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވި ތިން ބޭފުޅުން މަޤާމުގެ ހުވާ ކުރައްވައިފި އެވެ.

މާލޭގެ އާ މޭޔަރު ކަމަށް އާޒިމް ހުވާ ކުރެއްވީ މިރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Image

އެ ރަސްމިއްޔާތުގައި އާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްގެ އަދި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާން ވެސް ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ.

Image

ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކުރިން، ރިޝްވާން މިއަދު ވަނީ އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

Image

މާލޭގެ މޭޔަރުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ.

މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާއިރު، މި މަހު ވަނީ ކައުންސިލްގައި ތިބި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ މެމްބަރަކާއި ޑިމޮކްރެޓްސްގެ މެމްބަރެއް ވެސް ޕީއެންސީއާ ގުޅިފައެވެ. އެއާއެކު ކައުންސިލްގައި ތިބި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 13 އަަށް މިހާރު ވަނީ އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު