7 ފެބުރުވަރީ 2025

އެމްޑީޕީ މެންބަރެއްގެ ގޮތުގައި އިންތިޚާބުވި މާލެ ސިޓީ ކައުންސިލް މެމްބަރު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަހުމަދު ރިޝްވާން ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.

އޭނާ ސޮއިކުރެއްވިކަން ހާމަކުރަމުން ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ރިޝްވާން ވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކުރައްވާފައެވެ.

މާލެސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބޭއްވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މާލެ ސިޓީ މޭޔަރާއި، ކައުންސިލްގެ 3 ދާއިރާއަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ދަރުބާރުގޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު