އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން ހަމަޖައްސައިފި

ސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި، ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވަރސިޓީން ބެޗެލާސް އޮފް ކޮމާސް ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.

އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވާފައެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވާފައިވެއެވެ.

ފިފްޝީން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް ގައި 2003 ވަނަ އަހަރުގައެވެ. ބީއެމްއެލްގައި ފިފްޝީން ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު