Saturday, 22 June 2024

އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައި، މެންބަރުން އެންމެ އިތުރުވި ޕާޓީއަކީ ކޮންގްރެސް

މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އަކީ އެންމެ މެންބަރުން ގިނަ ޕާޓީކަމަށާއި، މެންބަރުން އެންމެ އިތުރުވި ޕާޓީއަކީ ކޮންގްރެސް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައުލޫމާތުތަކުން ދައްކައިފިއެވެ.

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއާއި ގުޅިގެން އީސީއިން އާންމުކުރި ތަފްސީލުގައި މިދިޔަ އަހަރުގެ 31 ޑިސެމްބަރާއި ހަމައަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ހާމަކޮށްފައިވެއެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކާއި، މެންބަރުން ތިބި އަދަދު:

  1. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 52،142 މެންބަރުން
  2. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 36،223 މެންބަރުން
  3. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 28،201
  4. ޖުމްހޫރީ ޕާޓީ: 18،349 މެންބަރުން
  5. އަދާލަތު ޕާޓީ: 8،796 މެންބަރުން
  6. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 8،555 މެންބަރުން

އެންމެ ގިނަ އަދަދަށް މެންބަރުން ތިބީ އެމްޑީޕީގައިކަމަށްވާއިރު، ފައިސާ ލިބޭ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ މަދީ އެމްޑީއޭގައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އޮތްއިރު، އެންމެ މެންބަރުން މަދުވާނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައެވެ.

މިއަހަރުގެ ބަޖެޓުން 44.1 މިލިއަން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންނެވެ. ފައިސާ ލިބެނީ 6 ޕާޓީއަކަށްކަން ފާހަގަކުރެވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު