25 ޖަނަވަރީ 2025

އޭޝިއަން ކަޕް ނޮކްއައުޓް ބުރަށް ފަލަސްޠީން ދަތުރުކޮށްފި

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ނޮކްއައުޓް ބުރަށް ފަލަސްތީނުގެ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމު ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި ފަލަސްތީނުގެ ޤައުމީ ޓީމަށް އޭޝިއަން ކަޕްގެ ނޮކްއައުޓް ބުރު ކަށަވަރުވީ، އަންގާރަ ދުވަހު ހޮންކޮންގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ.

ހޮންކޮންގާ ދެކޮޅަށް ކުޅުނު މެޗުން، ފަލަސްތީނު ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ، އޭޝިއަން ކަޕްގެ ނޮކްއައުޓް ބުރަށް ނުވަތަ މުބާރާތުގެ ގަދަ 16 އަށް ފަލަސްތީނު ޓީމު، ތާރީޚުގައިވެސް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު