Thursday, 12 September 2024

ލިސްޓާ ގުޅޭ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް އެފްޑީސީން ހާމަކޮށްފި

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފެށޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އެފްޑީސީން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެގްރިމެންޓުތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށް ބުނެ، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ހަދަމުންދިޔަ 4،000 ފްލެޓު އަޅާ ނުނިމެނީސް މިިދިޔަ ނޮވެންބަރުގައި 17 ގައި އެ ވެރިކަން ނިމުނުއިރު، އެ ސަރުކާރުން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށް ބައެއް މީހުންނަށް ލިޔުންވެސް ޙަވާލުކުރައްވާފައެވެ. އެ ފްލެޓަށް 13،000 މީހުން ހަމަވާ ކަމަށް ކަނޑައަޅައި، ކުރީގެ ސަރުކާރުން ވަނީ ބާކީ ތިބި މީހުންނަށް އިތުރު ފްލެޓު އަޅާނެ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، އޭސީސީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓު ދިނުން މަޑުޖައްސާލަން އަންގައިފައެވެ. އޭސީސީން ބުނީ ހައްސާސީ މައްސަލައަކަށް ވުމުން، ފްލެޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ވީހާ އަވަހަކަށް ނިންމަން ތަހުގީގު ޓީމުން މަސައްކަތްކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތި ލިސްޓުގެ ކަންކަން ނިމެނި އަދި ކިތައް އަހަރަކުނތޮ .ލިސްޓުގެ ކަންކަން ނިމޭތާ ތިންދުވަހުއނޭ ބުނޔެސް އާމުއނަ އިންގެން ބޭނުންވަނި ލިބޭނެ ދުވަހެއނޫންތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު