Monday, 07 October 2024

އެންމެ ފަހުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިއްޖެ

ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކުރުވުމުގައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީން ނިންމައިފިއެވެ.

ދެ ޕާޓީ އެކުގައި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވައުދުތަކެއްވެ، އެއްވެސް ހަގީގަތެއް ނެތް މަންޒަރުތަކެއް ދައްކައިގެން ކަމަށެވެ. ފައްޔާޒް ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ހިމެނޭހެން ވީ ވައުދުތަކަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭ ޚާރިޖީ ސިޔާސަތުތައް ޒަމާނުއްސުރެ ގެންގުޅެފައި ވަނީ ދުނިޔޭގެ ހުރިހާ ގައުމަކާއި ގުޅުން ބާއްވައިގެންކަމަށާއި، ހާއްސަ ގޮތެއްގައި އަވައްޓެރި ގައުމުތަކަށް ދިން ސަމާލުކަން ބޮޑުކަމަށާއި،  އެ ގުޅުން އެގޮތަށް ދަމަހައްޓަމުން އައީ އެއީ ކާބަފައިން ވެސް ދެއްކެވި ރީތި އާދަކާދައަށްވުމުންކަމަށާއި އެކަމަކު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި މުޅި އެ ގުޅުން އެއްކޮށް ހަރާބުވެގެން ގޮސްފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މި އިންޑިއަން އޯޝަނަކީ، އެހާ ހާސްކަމެއް ނެތް ރީޖަންއެއް.. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއަން އޯޝަންގެ ސެކިއުރިޓީއާއި ސްޓެބިލިޓީއަށް އަސަރު ކުރާކަހަލަ އަދި މި ރީޖަނުން ބޭރުން ދުނިޔެގޭ ބާރުގަދަ ބައެއްގެ ސަމާލުކަމެއް ގެނެސް، މިތަނުގެ ސްޓެބިލިޓީއަށް އަސަރު ކުރާނެކަހަލަ ކަންކަން ފެނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް”ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި މެދު ވެސް ކަންބޮޑުވުންތައް ވެސް އެބައޮތްކަމަށެވެ. އަދި ސަރުކާރުން ބައެއް ކަންކަން ނުކޮށް ތިބި އެންމެ ބޮޑު ސަބަބެއްކަމަށް ބެލެވެނީ ފައްޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީއެއް ނެތުމެވެ. އެހެންކަމުން ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބުވެ، މެޖޯރިޓީ ލިބޭ ހާލަތެއްގައި އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ގައުމުގެ މުސްތަގުބަލާއި ޑިމޮކްރެޓިކް ހަމަތަކުގެ މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ނިމްމީކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަލޭމެންނަށް މެޖޯރިޓީ އޮތީމަ ޖަހާ ސަކަރާތެއް ނުފެނޭތަ؟ކަޅޭމެން ވެރިކަމުގައޮންނައިރު މަޖިލިހުގެ މެޖޯރިޓީ އޮންނަން ޖެހެނީ ކަލޭމެންނަށް.އެކަމަކު އެހެން ބަޔަކަށް ލިބިގެން ނުވޭ.ކަލޭމެންކުރީ މާތާހިރު ވެރިކަމެއްތަ؟ހުރިހާ ނުބައިރޭވުމެއްގަ ކަލޭމެން އެއްބައިވާނެ.ތީ ހަމަ އެކައްޗެއް.

  2. ކެޔޮޅު
    ފުރަތަމައިންވެސް މުޔިޒު ހުވާކުރުމައްފަހު ތިބުނާފައްޔާޒު
    މެންދައްޖާލު ގުރޫޕު ޖަލައްލީނަމަ ހުރހީރަގަޅައްެ

  3. މިއަދު ފެފިގެން މިދަނީ އެމްޑީޕީ އާއި ދަ ޑިމޮކްސްގެ ޢަމަލުތަކުގެ ހިތި. މުޅި ދުވެހިރާއްޖެ މުޅިން ފަނާކޮަށްފި ތިޔަ ބައިގަނޑު. މި ރާއްޖެއަށް ޖެހިފައިވާ ވަރަށް ބޮޑު މުޞީބާތެއްތީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު