އެސްޖޭގެ ހަރަދުގައި ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރަން ސޮއިކޮށްފި

އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ހަރަދުގައި ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރަން އިސްލާމިކް މިނިސްޓްރީއާއެކު މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއާއެކު އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު އެ އެއްބަސްވުމުގައި ސޮއިކުރީ, އެ ކުންފުނީގެ ހަރަދުގައި އެ މަޝްރޫއަށް ހަރަދު ކުރާ ގޮތަށެވެ.

އެސްޖޭގެ ހަރަދުގައި ޒިކުރާ މިސްކިތް ހެދުމުގެ އެއްބަސްވިއިރު, މިއަދު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުމާލޭގައި ލީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަރަދު ކުރާ ގޮތަށް އަޅާ މިސްކިތަކާއި, ކެންސަރު ބަލީގައި މަރުވި އަހުމަދު އަލީމްގެ ހަނދާނުގައި އުފެއްދި އަލީމް ފައުންޑޭޝަނުން ހަރަދު ކުރާ ގޮތަށް އަޅާ މިސްކިތެއް އެޅުމަށް ސޮއިކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ވެސް ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާ އެކު 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ހަވާލުކުރި ނަމަވެސް އެ އެއްބަސްވުން މިދިޔަ ސަރުކާރުގައި ވަނީ ބާތިލުކޮށްފައެވެ. އެއީ ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ.

ޒިކުރާ މިސްކިތް އަޅަން އެސްޖޭއާ ހަވާލުކުރުމުން ޔާމީން ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އިކުއިޒިޝަންގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައެވެ. އެއްބަސްވުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލު ހޯދަން އެސްޖޭއިން ދައުވާ ކުރުމުން ދައުލަތުން ވެސް އެސްޖޭއަށް ދިން 30 މިލިއަން އަނބުރާ ހޯދަން ދައުވާ ކުރިއެވެ.

އޭގެ ފަހުން، އެސްޖޭއިން ހުޅުމާލޭގައި މިސްކިތެއް އަޅާ ގޮތަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު