ދާއިރާތަކުގެ އާބާދީގެ ނިސްބަތަށް ބަލައި، މަޖިލީހުގެ މެމްބަރުންގެ އަދަދަށް ކޮންމެ ދައުރެއްގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާތީ، ލިމިޓޭޝަންއެއް ގެނައުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި، ދަ ޑިމޮކްރެޓްސް އެއްބަސްވެއްޖެއެވެ.
އިންތިހާބީ ދާއިރާތަކުގެ އާބާދީއަށް ބަދަލު އައިސްފައިވުމުގެ ސަބަބުން، ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް، އެކަމަށް ކަރުދާހެއް ތައްޔާރުކޮށް ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އެކަން ހިމެނި އެވެ. އޭރު އެކަމުގައި މާބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް މިއަދު ދެ ޕާޓީ އެކުގައި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަވުސްވުމަކަށް އާދެވުނު ކަންކަމުގެ މައުލޫމާތު ދިނެވެ.
ޗަމްޕާ ސެންޓްރަލްގައި އޮތް ބަދަލުވުމުގައި މިއަދު ނޫސްވެރިންނަށް ތަފްސީލު ދެއްވައި ފައްޔާޒާއި ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީުހގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިއުމުގެ ސަބަބުން ނިކުންނަ ނަތީޖާތަކެއް އެބަހުރި ކަމަށެވެ. ކޮންމެ ފަސް އަހަރަކުން މިގޮތަށް ދާއިރާތައް އިތުރުވާއިރު އެއީ އަދަދަކީ ތަޅުލެވިފައިވާ އަދަދަކަށް ވާން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީން ވަކި ލިމިޓެޑް އަދަދެއް ކަނޑައެޅުމަކީ މިވަގުތަށް މުހިންމުކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭތީ އެގޮތަށް މަޝްވަރާ ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.
އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް ދެޕާޓީންވެސް ފެންނާތީ އެއީ މަޝްވަރާކޮށްފައިވާނޭ ކަމެއް ކަމަށް ޙަސަން ވިދާޅުވުއެވެ.
ދާއިރާތައް އިތުރުވެ މަޖިލީހުގެ ގޮނޑިތަކަށް އަންނަ ބަދަލު ހުއްޓުވަން ޖެހޭކަމަށާއި، މެމްބަރުންގެ އަދަދު އެގޮތަށް ހިފެހެއްޓުމަކީ އެއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތްކަމަށާއި، އެ ގޮތަށް ބަދަލު ގެނައުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރިކަމަށެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ހުށަހެޅީ މެމްބަރުގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.
މީގެއިތުރުން އެމްޑީޕީގެ މެނިފެސްޓޯ 2023 ގައި ވެސް ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުން ހިމަނާފަ އެވެ.