7 ފެބުރުވަރީ 2025

ގަލޮޅު އުތުރަށް މިފަހަރު ތަފާތު މެމްބަރެއް!

އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރުމަށްޓަކައި އެކޯލިޝަންގެ ޕްރައިމަރީއަށް ނިކުންނަވާފައިވާ މުޙައްމަދު މުބީންއަކީ ޤާނޫނީ ރޮނގުން މަތީ ތަޢުލީމް ޙާސިލުކުރައްވާފައިވާ ފަރާތެކެވެ. އޭނާ ޝަރީޢާ އަދި ޤާނޫނުގެ ބެޗެލާސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއިންނެވެ.

ޤާނޫނީ ދާއިރާއިން ލިބިލައްވާފައިވާ ތަޖުރިބާއަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން، އޭނާ އަންނަނީ ޤާނޫނީ މަސައްކަތް ކުރައްވަމުންނެވެ.

ޤާނޫނީ މަސައްކަތް ކުރުމުގެ އިތުރުން، މުބީން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް، މަދަނީ ޖަމުޢިއްޔާއެއްގައި ތަފާތު އެކިއެކި މަސައްކަތްތައް ކުރައްވައި ނަތީޖާ ނެރެދެއްވާފައެވެ. އެގޮތުން، ގައުމީ އަދި ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ބައިވެރިވެލެއްވުމާއި، އެކްސެސިބަލް ވެހިކަލް ޕްރޮޖެކްޓް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެއް ތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭ ވެހިކަލް ގެނައުމުގެ ޕްރޮޖެކްޓް ޖަޕާން ސަރުކާރުގެ އެހީއަށް ހުށަހަޅައި ތަންފީޒުކުރުން) ކާމިޔާބުކުރުމުގައި ޢަމަލީގޮތުން އުޅުއްވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ފަރާތްތަކެއްކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކު ޖަމުއިއްޔާގެ ފަރާތުން ބާއްވާ މެޑިކަލް ސްކްރީނިންގ ކޭމްޕު ރާވާ ހިންގުމުގައި ބައިވެރިވެލެއްވުން ފަދަ މުހިއްމު ކަންކަމުގައި އޭނާގެ ޙިއްސާ ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި ވެހިކަލެއް

މުބީންއަކީ ހަރުދަނާ ޒުވާނެކެވެ. ޒުވާނުންނަށް މަގުދައްކައިދޭ ޒުވާނެކެވެ. ޢަޒުމާއި ހިތްވަރުން ހަކަތަ އުފައްދައި، ޒުވާން ޖީލަށް ނަމޫނާ ދައްކާ ކެރުންތެރި ޒުވާނެކެވެ. މާޒީގައި އޭނާ މިކަން ވަނީ ސާބިކޮށްދީފައެވެ. ޒުވާނުންގެ ކުރިމަގަށްޓަކައި އަދާކުރެއްވި މުހިއްމު ޒިންމާތައް ޝުކުރުންފުރޭ ފަދަ ޒިންމާތަކެކެވެ. ކޮންމެ ޒުވާނަކުމެ އުފާކުރުން ޙައްޤު ޒިންމާތަކެކެވެ. މުބީން ވަނީ 2019 ވަނަ އަހަރު އުފެދުނު ޤައުމީ ޒުވާނުންގެ މަޖިލީހުގައި އަގުހުރި ޚިދުމަތްކޮށްތަކެއް ކޮށްދެއްވާފައެވެ. ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބޭއްވުނު "މޯލްޑިވްސް – މެލޭޝިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2019″ ރާވައި ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެލެއްވިއެވެ. ހަމައެހެންމެ، ޒުވާނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި ދަތިތައް ދެނެގަތުމަށް ބޭއްވުނު "ޔޫތު ޓޯކް ޝޯ 2020″ ސީރީސް ރާވައި ހިންގުމުގައިވެސް އޭނާ ވަނީ ޢަމަލީ ގޮތުން ބައިވެރިވެލައްވާފައެވެ.

އެން ޖީ އޯ އެޑްވައިޒަރީ ކޮމިޓީގައި ލީގަލް އަދި ސީއެސްއޯ ރެޕްރެސެންޓޭޓިވް ގެ ގޮތުގައި އައްޔަނުކުރެވުނު މި ޒުވާނާއަކީ ޙަރަކާތްތެރި ޒުވާނެއްކަން ސާބިތުކޮށްދެނީ އޭނާ މަސައްކަތަށް ބެހެއްޓެވި ޝައުޤާއި ދެއްވި އަހަންމިއްޔަތުގެ ސަބަބުންނެވެ.

އެމްއޭޕީޑީއިން ކޮންމެ އަހަރަކު ހިންގާ “healthy PWD camp” ޕްރޮގްރާމްގެ ތެރެއިން ، 2019 ވަނަ އަހަރު

އޭނާގެ ޝާމިލުވުމާއި ބައިވެރިވުން ފެނިގެން ގޮސްފައިވަނީ އެންމެ ދާއިރާއަކުން ދެ ދާއިރާއަކުން ނޫނެވެ. ކުޅިވަރުގެ މައިދާނުގައިވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރައްވައި އަމަލީގޮތުންވެސް ބައިވެރިވެލައްވާފައެވެ. އެގޮތުން، ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އުފެދުނު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގައި ލީގަލް އޮފިސަރ ގެ މަޤާމުގައި ހުންނަވައިގެން އޭނާ އަދާކުރައްވަމުން ގެންދަވާ ތަޢުރީފް ޙައްޤު މަސައްކަތުގެ އަގު ވަޒަންކުރާންޖެހެއެވެ.

ހަމައެހެންމެ އޭނާ ގެންދަވަނީ މުޅި ރާއްޖެއަށް ޕެރަލިމްޕިކް މޫވްމަންޓް ފެތުރުމަށް ހިންގޭ “I’mPOSSIBLE" ކެމްޕެއިންގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ޙައިސިއްޔަތުންވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނާއި ތަޖުރިބާގެ އަލީގައި، ރޭވުންތެރިކަމާއި ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކަންކަން ބައްޓަންކުރައްވަމުންގެންދަވާކަން ފާހަގަކުރެވެއެވެ.

އައިމް ޕޮޒިބަލް ޓީޗަރ ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން

މިހާ ހިސާބަށް އައިއިރު ދެން އުފެދޭ ސުވާލަކީ އޭނާ މަޖިލީހަށް ކުރިމަތިލައްވަނީ ކީއްވެތޯއެވެ؟

"ދާއިރާއަށާއި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ޝައުޤުވެރިކަން ހުރުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތުން ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި މިއަޑަކީ މަޖިލީހުގައި އިއްވުން މުހިއްމު އަޑެއްކަމަށް ޤަބޫލުކުރެވޭތީ" މުބީން ދެއްވީ މި ޖަވާބެވެ.

މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު އުފުލާންޖެހެއެވެ. އެމީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުންނަށްވެސް މުޖްތަމަޢުގެ ޙައްޤު މަޤާމު ހޯދައިދޭން ޖެހެއެވެ. އެހެންކަމުން ޤާނޫނީ ދާއިރާއިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަކެއް ޚިދުމަތެއް ކުރައްވާފައިވާ ތަޢުލީމު ލިބިލައްވާފައިވާ ތަޖުރިބާކާރު ޒުވާން ދަރިއަކު މަޖިލީހަށް ނިކުންނެވުމަކީ ހަމަ ޔަޤީނުންގެ ޤައުމުގެ މުސްތަޤްބަލަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

 

މުބީން މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވަން ނިކުންނެވީ ތަސައްވުރެއް އޮވެގެންނެވެ. އޭނާގެ ތަސައްވުރުގައި ޙަޤީޤީ ކުލަޖެއްސުމަށްޓަކައި ވަކާލާތުކޮށް މަސައްކަތްކުރައްވާނީ މުހިއްމު ލަނޑުލަނޑުތަކެއް ޙާސިލުކުރެއްވުމަށެވެ. އެއީ:

  • ދާއިރާ ތަމްސީލުކުރުމުގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ވާގޮތަށް ޤާނޫނުތައް ފަރުމާކުރުމާއި ޤާނޫނުތަކަށް އިސްލާހުގެނައުމަށް މަސައްކަތްކުރުން
  • އެއިރަކު ދާއިރާގެ އަދި މާލޭގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި ކަމާބެހޭ ވުޒާރާ ނުވަތަ ފަރާތްތަކާއިއެކު އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން
  • ދިވެހިރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤު ކަށަވަރުކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް މަސައްކަތްކުރުމާއި، ޤާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭ ކަންކަން ކަމާބެހޭ ވުޒާރާތަކާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން ތަންފީޒުކުރުމަށް ބާރުއެޅުން.

ތަސައްވުރުތަކުގެ އިތުރުން މުބީން މަޖިލީހަށް ހޮވިއްޖެނަމަ، ޤައުމީ މަސްލަހަތަށްވުރެއް ވަކި ފަރުދެއް، ނުވަތަ ވަކި ފަރާތްތަކެއް އިސްނުކުރާނެކަމުގެ ޔަޤީންކަން މުބީން ދެއްވިއެެވެ.

އަދި ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި އެމަޖިލީހަށް އޮންނަން ޖެހޭ އިހުތިރާމާއި ގަދަރު ކުޑަވާފަދަ އަމަލެއް ނުކުރާނެކަމުގެ ޔަޤީންކަންވެސް މުބީން ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު