Saturday, 22 June 2024

ކަނޑުއަޑިން ރަށްތައް ގުޅުވުމަކީ މިއަދުގެ ކުޑަ، މާދަމާގެ ބޮޑު ހިޔާލަކަށް، އަދި ހަގީގަތަކަށް ވެދާނެ: ލޫކަސް ޖަލީލް

ކަނޑުއަޑިން ރަށްތައް ގުޅުވުމަކީ މިއަދުގެ ކުޑަ، މާދަމާގެ ބޮޑު ހިޔާލަކަށް، އަދި ހަގީގަތަކަށް ވެދާނެ ކަމަށް ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

ޝައްމޫން ޖަލީލް މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ހިޔާލުކުރުން ކަމަށާއި، ވެރިއެއްގެ ހިޔާލު ހުރުން ކަމަށާއި، ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.

އެއިރުގެ ސިޔާސީ އެއްވެސް މީހަކު ހިޔާލަށް ނުގެންނަނީސް، ރައީސް މުޙައްމަދު އަމީން “ހުޅުމާލެ” އެއް އުފެދިދާނެ ކަމުގެ ތަޞައްވުރު ކުރި ކަމަށާއި،  މާލެ ކައިރީ ސިޓީތަކެއްގެ ހިޔާލު ކުރި ކަމަށާއި، އަތޮޅުތެރޭގެ ބިން ބޮޑު ރަށަކަށް ދެތިން ރަށުގެ މީހުން ބަދަލުކޮށް އަތޮޅެއްގެ ފުރަތަމަ އާރބަން ސެންޓަރުގެ ހިޔާލުކޮށް، އެ މަސައްކަތްވެސް ހިސާބަކަށް ކުރި ކަމަށެވެ.

"ކަނޑުއަޑިން ރަށްތައް ގުޅުވުމަކީ މިއަދުގެ ކުޑަ، މާދަމާގެ ބޮޑު ހިޔާލަކަށް، އަދި ހަގީގަތަކަށް ވެދާނެ" ލޫކަސް ވިދާޅުވިއެވެ.

ލޫކަސް މިހެން ވިދާޅުވިރު، މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވުމުން، މިކަމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށް ބުނެ، އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު