Saturday, 25 May 2024

ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން 36 އަހަރުގެ މީހަކު ގެއްލިގެން ފުލުހުންގެ ޚިދުމަތުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާއެވެ. ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅެމުން އައި ވ. ލަކީސްޓޮޕުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

އެ އަންހެން މީހާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:37 އާއިރު ކަމަަށާއި، ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *