Saturday, 15 June 2024

ބިދޭސީން ގިނަވެގެން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ޒުވާނާ ކޮމިިޓީއަށް!

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވީޑިއޯއެއް އާންމުކުރި ޒުވާނެއް ކަމަށްވާ ޙަސަން ޝަރީފްއާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައްދަލު ކުރައްވައި، އެކަމާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ބައިވެރިވުމަށް ދައުވަތު ދީފިއެވެ.

އެ ޒުވާނާ ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯގައި، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިދޭސީންގެ މައްސަލަކަން ފާހަގަކޮށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަ ދައްކާފައިވެ އެވެ. އޭނާގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަސަން ޝަރީފާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ވީޑިއޯގައި އޭނާ ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ އޭނާގެ މިނިސްޓަރު ކަމުގެ ދަށުން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަންބޮޑުވުންތަކެއް ކަމަށް އިހްސާންގެ ޕޯސްޓްގައިވެއެވެ.

ހަސަން ޝަރީފަކީ ގައުމަށް ލޯބި ކުރާ ޒުވާނެއްގެ ގޮތުގައި ސިފަކުރައްވަމުން، މިނިސްޓްރީގެ ޓާސްކްފޯސްގައި މަސައްކަތް ކުރަން އޭނާއަށް ދައުވަތު ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ވީޑިއޯގައި އޭނާ ވަނީ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގައި ނުގަވާއިދުން އުޅޭ އެތައް ހާސް ބިދޭސީން ކަމަށާއި ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް އެ މީހުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ދިވެއްސެއްގެ އެހީތެރިކަމާއެކު ވިޔަފާރިކުރަމުން އައުމަށްފަހު ގައުމުގެ 99 ޕަސެންޓް ވިޔަފާރި މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީން ކަމަށާއި މިކަމާމެދު ވާހަކަ ދައްކައި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު