Thursday, 20 June 2024

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގެންފި

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގެންފި އެވެ.

މިރޭ އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރާއި އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝްގެ އިތުރުން ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އައިޝަތު ނާޒިމާއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރު ވަނީ ޕީޕީއެމްގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެ ވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްއާ ދާދިފަހުން ގުޅިވަޑައިގަތްފައެވެ.

ތިން މެންބަރުން ވެސް ވަނީ މިރޭ ޕާޓީއާ ގުޅިވަޑައިގެން، މެމްބަޝިޕް ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވައިފައެވެ.

ހަމައެހެންމެ، އެންމެ ފަހުން ބޭއްވި ސިޓީ ކައުންސިލް ބައި-އިލެކްޝަންގައި މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަހްމަދު ރިޝްވާން ވެސް ވަނީ ހުވާކުރެއްވުމުގެ ކުރިން ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 16 އަަށް މިހާރު ވަނީ އިތުރުވެފައެވެ. ނަމަވެސް ދާދިފަހުން ބޭއްވިމާލޭ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އާދަމް އާޒިމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު