Saturday, 22 June 2024

ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ޕޯޓެއް އޮތްނަމަ މިގައުމުގެ ރަންބިސް އަޅާ ކުކުޅަށް ވީސްކަން ޔަޤީން: ޔާސިރު

ތިލަދުންމަތީގެ 8 ޑިގްރީ ޗެނަލް އަކީ ޓްރާންޝިޕްމަންޓް ޕޯޓެއް ހެދިފައި އޮތްނަމަ މިގައުމުގެ ރަންބިސް އަޅާ ކުކުޅަށް ވީސް ކަމަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ސުރީލަންކާ ޕޯޓްގެ ރީތި ފޮޓޯއަކާއެކު "ކޮލަންބޯ ޕޯރޓް ތިލަދުންމައްޗަށް މި ފަދަ މަންޒަރެއް ނުގެނެވޭނެތަ؟" މިހެން ވިދާޅުވެ ލޫކަސް ޖަލީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

"ގެނެވޭނެ، އިން ފެކްޓް، ތިލަދުންމަތީގެ 8 ޑިގްރީ ޗެނަލް އަކީ ޓްރާންޝިޕްމަންޓް ޕޯޓެއް ހެދިފައި އޮތްނަމަ މިގައުމެ ރަންބިސް އަޅާކުކުޅަށް ވީސްކަން ޔަޤީން. ތިލަދުންމަތީ ޓްރާންސްޝިޕްމަންޓް ޕޯޓަކީ ސްކޫލް ދައުރުން ފެށިގެން އަޑުއަހާ ވާހަކައެއް، އަދި ކޮންމެ ވެރިއެއްގެ ރިޔާސީ ވައުދުތެރޭގައި އޮވެމެ، ވެރިކަންތައް ފެށެމުން، ވެރިކަންތައް ނިމެމުން ދަނިކޮށް ނޫންތޯ ކޮޅުނބުގައިވެސް ތިޕޯޓް ހެދީ." ޔާސިރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ސްޓްރެޓެޖިކް ސޮކޭޝަންގެ ފައިދާ ކުޑަވަމުން ދާއިރުވެސް، ޤައުމަށް ލިބެންއޮތް ބޮޑު މާލީ ފައިދާ ނުހޯދިދާއިރުވެސް، މިކަން ނުވެމިދަނީ އެކަމަށް ޕްލިޓިކަލް ވިލްއެއް ނެތުމުން ކަމުގައި ބުނާނެޖާގަ އެބައޮތް ކަމުގައި ދެކޭ ކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.

"ވެރިކަންތައް ފުރޮޅެމުން އައިސް އަދި މިހާތަނަށް ރައްޖޭގެ ރައްޔިތުންގެ އަދި ހާއްސަކޮށް އުތުރުގެ އެންމެހާ ރައްޔިތުންގެ މިއުންމީދަށް އެންމެބޮޑު ކުރިއެރުމެއް ލިބިފައިވަަނީ ރައީސް ސޯލިހުގެ ސަރުކާރުގައިކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތް. ދެންވެސް އޮތީ އަވަސް ކުރުން، އެ އުންމީދު އަހަރެމެން ދުލެއް ނުކުރާނަން، މަސައްކަތެެއް ވެސް ނުހުއްޓާނަން." ޔާސިރުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު