މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމަކީ ޗައިނާކަމަށް ދައްކައިިފި

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމަކީ ޗައިނާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.

ކަސްޓަމްސްއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޫރު، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްކަމަށެވެ. އެގޮތުން ޗައިނާއިން 782 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް ހިއްސާކޮށްފައިވާއިރު އޮމާންއިންވެސްވަނީ ދާދި ގާތް އަދަދަކުން 768 ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ސިންގަޕޫރުން ރާއްޖެއަށް އެތެެރެ ކުރީ 731 މިލިއަން ރުފިޔާގެ މުދާލެވެ.

އިންޑިއާއިން އެތެރެކޮށްފައިވަނީ 683 މިލިއަން ރުފިޔާގެ މުދާކަމަށާއި ޔޭއީއިންވެސް 591 މިލިއަންގެ މުދާ ރާއްޖެއަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސްއިިންވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެތެރެ ކުރި އަދަދު 2022 ވަނަ އަހަރުގެ ޑިސެމްބަރާއި އަޅާކިޔާއިރު މަދުކަން ހިއްސާކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރު އެތެރެކޮށްފައިވަނީ 9 އިންސައްތަ މަދު އަދަދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު