ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދަށް އިސްލާހު ގެނެސް އާންމުކުރަން ނިންމައިފި

ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދަށް އިސްލާހު ގެނެސް އެ އާންމުކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން، މިނިސްޓަރު މިއަދު ވިދާޅުވީ ވެހިކަލްތަކުގެ އަދަދު ކަނޑައަޅައި ގަވައިދު އިސްލާހު ނުކޮށް އޮތުމުގެ ސަބަބުން އެއްގަމުގައި ދުއްވޭނެ އުޅަނދު ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރެވުނު ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ރިއާޔަތްކޮށް، އެކުލަވައިލައިފައިވާ، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމާ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ކަމަށް އެގަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، ސިޓީ އަދި ރަށު ކައުންސިލުތަކަށް މި ގަވާއިދު ތަންފީޒުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

އެގޮތުން ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް، ގަވާއިދަށް ބަދަލުގެނެސް ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި އާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ ލިމިޓް ކަނޑައެޅުމާއި ގުޅޭގޮތުން ދާދިފަހުން މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވާއިރު، ސިޓީ ކައުންސިލް މޭޔަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެ މަސައްކަތް އެމަނިކުފާނު ކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު