Friday, 04 October 2024
އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އެ ކޯލިޝަނުން ހާމަކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ މައުލޫމާތުތައް ދެއްވައި އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާ ހެނދުނުގެ 10:00 އިން ހަވީރު 17:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެކަމަށެވެ.

ޕްރައިމެރީގައި ޖުމްލަ 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް ހީނާ މައުލޫމާތު ދެއްވި އެވެ.

މާދަމާ އޮތް އިންތިހާބުގައި ޖުމްލަ 289 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި 13 ދާއިރާއަކަށް ޕްރައިމެރީއަކާއި ނުލައި ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ކަށަވަރުކުރެވިފައެވެ. ޕްރައިމެރީއަށް 227 ވޯޓު ފޮށި އަތޮޅުތެރޭގައި ބަހައްޓާނެއެވެ.

މާލޭގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގަ އެވެ. އޭގެ އިތުރުން ކަލާފާނު ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލާއި، ވިލިމާލޭގެ ޔޫތް ސެންޓަރުގެ އިތުރުން ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވި އެވެ.

ޕްރައިމެރީއަކާއި ނުލައި ޓިކެޓު ލިބުނު ކެންޑިޑޭޓުންނަކީ:

  • ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
  • ހިތަދޫ މެދު ދާއިރާ: މަޝްހޫރު ނޫސްވެރިޔާ އަހުމަދު އަޒާން
  • ހުޅުދޫ ދާއިރާ؛ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
  • ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު
  • އޭދަފުށި ދާއިރާ: މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • މަހިބަދޫ ދާއިރާ؛ މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް)
  • ނިލަދޫ ދާއިރާ: ފާތިމަތު ސައުދާ
  • ތިމަރަފުށި ދާއިރާ: އިބްރާހިމް ސަނާހް (ސަންޓޯ)
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް
  • ހޯރަފުށި ދައިރާ: އަލީ މޫސާ
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު