25 ޖަނަވަރީ 2025

އައިސީޖޭގެ އަމުރަށް ތަބާވެ ހަމަލާތައް ހުއްޓާލުމަށް ޚާރިޖީ ވަޒީރު ޒަމީރު ގޮވާލައްވައިފި

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުންތަކަށް ތަބާވާން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

ކޯޓުގެ އަމުރަށް މަރުހަބާ ވިދާޅުވެ، ޒަމީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯޓުގެ ނިންމުމުން ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

ހަމައެހެންމެ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖޭން ގޮވާލާ ގޮވާލުން މިނިސްޓަރ ޒަމީރު ތަކުރާރުކުރައްވިއެވެ. ކޯޓުގެ އަމުރު ނިސްބަތްވާ ހުރިހާ ފަރާތްތަކުން މި އަމުރަށް ފުރިހަމައަށް ތަބާވާނެ ކަމަށް އުއްމީދުކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އައިސީޖޭގެ އަމުރަށް ތާއީދުކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ކޯޓުގެ ހުކުމަށް މަރުހަބާ ދަންނަވާފައެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އައިސީޖޭއިން ނެރުނު ވަގުތީ އަމުރަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި، ޚާއްޞަކޮށް ޣައްޒާގައި ޤަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓުވުމަށާއި، އެކަންކުރާ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައިވާތީ އެކަމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު