Saturday, 22 June 2024
ޕީޖީ ޝަމީމް، ފައިލް ފޮޓޯ

ތަޙުޤީޤު ހިނގާގޮތާމެދު ޝަކުވާއެއްއޮތްނަމަ އޮންލައިންކޮށް ހުށައެޅޭނެ ގޮތް ޕީޖީން ހަދައިފި

ޖިނާއީ މައްސަލައެއްގެ ތަޙުޤީޤު ހިނގާގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭ ޚިދުމަތާއެކު މިހާރު ޕީޖީގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން، ޕީޖީ ޝަމީމް ވިދާޅުވީ، އަމާޒަކީ ޕީޖީ އޮފީހުގެ ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހަވާނެ "ލަގްޒަރީ ޕަބްލިކް ސަރވިސް"އަކަށް ހެދުންކަމަށެވެ.
ޕީޖީގެ އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކުގެ އިތުރުން ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެއެވެ.

ޕްރޮސެކިއުޓަރ ނެޖެރަލް މުޙައްމަދު ޝަމީން ވިދާޅުވީ، މި ޚިދުމަތަކީ ޝަރުޢީ ނިޒާމުގެ މަސައްކަތްތައް ވީހާވެސް ދެފުށްފެންނަގޮތަށް ފަސޭހައިން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތަޢާރަފުކުރި ޚިދުމަތެއްކަމަށެވެ. މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭން ތިބޭ މުވައްޒަފުންނަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

ޕީޖީ ވިދާޅުވީ، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އޮންނަ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަކީ ތަޙުޤީޤީ އިދާރާތައް މަސައްކަތްކުރާގޮތް ބަލައި، ފާރަވެރިވުމުގެ ޒިންމާ އޮތް މީހާކަމަށެވެ. އަލަށް ތަޢާރަފުކުރި ޚިދުމަތަކީ، ތަޙުޤީޤީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމުގެ ޚިދުމަތްކަމަށެވެ.

މީހަކު، ޖިނާއީ މައްސަލައެއް ތަޙުޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙުޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު