ކުރީގެ ރައީސް މުހައްމަދު ނަޝީދު، އާ ކައިވެންޏެއް ކުރައްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންނެވީ ދީނީ އިލްމުވެރިޔާ މަރްޙޫމް ޝެއިހު ރުޝްދީއަށް ކާފަ ކިއުއްވާ ބޭފުޅެއްް ކަމަށްވާ ޔުމްނާ ރުޝްދީ ކިޔާ ޒުވާން ބޭފުޅަކާއެވެ.
ރައީސް ނަޝީދު ކައިވެނި ކުރެއްވި އަވައްޓެރި ލަންކާގައި ކަން އެނގިފައިވެއެވެ.
ރައީސް ނަޝީދު އެންމެ ފުރަތަަމަ ކައިވެނި ބައްލަވައިގެންފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ، މަރްހޫމް އެލިއާ އަބްދުﷲ ގެ ދަރިކަނބަލުން ލައިލާ އަލީ އަބްދުﷲއާ އެވެ.
އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. ނަޝީދު އާއި ލައިލާގެ ކައިވެނިވަނީ މީގެ ދުވަސްކޮޅެއް ކުރިން ރޫޅިފައި ކަމަށް އަޑުތައް ފެތުރުނެވެ.