ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖްލިސް ޕްރައިމަރީ 2024 ގެވޯޓުލުން އަމާން އޮމާންކަމާއިއެކު ފޯރީގައި ނިންމާލައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ގައި 227 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، 73 ދާއިރާއެއްގައި ޕްރައިމަރީ ކުރިއަށް ގެންދެވުނެވެ. މިޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވެއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00ން 17:00އަށެވެ.
ވޯޓު ގުނުން މިރޭ 21:30 އާއި ހަމަޔަށް ކުރިއަށް ދާނެކަމަށް މަޢުލޫމާތުލިބެއެވެ. މި އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ޕްރައިމަރީކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ ގިނަ ބަޔަކަށް ވޯޓު ލުމުގެ ޙައްޤު ކަށަވަރުވި އެތެރޭގެ އިންތިޚާބުވެސް މެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާގޮތް މި ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ @MMuizzu ބައްލަވާލެއްވުން. pic.twitter.com/aSkW4iQuSV
— Progressive Party of Maldives (@ProgressPartyMV) January 27, 2024
ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ޕީއެންސީގެ ރައީސް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި ކޯލިޝަންގެ ލީޑަރޝިޕް ވަނީ ހެންވޭރު ދަނޑަށް ވަޑައިގަންންވާފައެވެ. ޕްރައިމަރީއާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން ދިޔަ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ރައީސް ވަނީ ހާމަކޮށްދެއްވާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާގޮތް މި ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ @MMuizzu ބައްލަވާލެއްވުން. pic.twitter.com/dkpfxN6MJc
— Progressive Party of Maldives (@ProgressPartyMV) January 27, 2024
އެގޮތުން ޕްރައިމަރީގެ ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސް ގަޑުބަޑުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ pic.twitter.com/S5BWu1bN2l
— Progressive Party of Maldives (@ProgressPartyMV) January 27, 2024
"އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގައިގެންވާނެ ކަމަކަށް. ނުހިނގާނެ. އަޅުގަނޑުމެން ބޭނުންވަނީ ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބާއްވަން. ދެން ތުހުމަތެއް ޝަކުވާއެއް އޮތިއްޔާ ހުށަހަޅައިގެން ވަރަށް ދެފުށް ފެންނަ ގޮތަށް ހަމަހަމަކޮށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެކަން ބަލައިދޭނަން." ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނެސްފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ pic.twitter.com/s8oYuyxHA6
— Progressive Party of Maldives (@ProgressPartyMV) January 27, 2024