މަޖިލިހަށް ކުރިމަތިލައްވަން ޓެކްސް ކޮމިޝަނަރު ފަތުހުﷲ އިސްތިއުފާ ދެއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ނުކުންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ތިމަރަފުށިން ވާހަކަދެއްކި މީހަކު "ފިޔަ އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ޓެކްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާކަން ތިމަރަފުއްޓަށް އުފަން ފަތުހުﷲ ވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލައްވާފައެވެ. އަދި ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަތުހުﷲ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްުޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި އޮކްޓޫބަރު 28، 2019 ގައެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.

ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީގައި އުޅުއްވުމަށްފަހު، މީރާގައި ފަތުހުﷲ ގެ ފުރަތަމަ ވަޒީފާއަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގައެވެ.

އެކަމަކު، ވަކި ހިސާބަކުން މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، ޓެކްސް ކޮމިޝަނަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ ހިސާބަށް 2016 ވަނަ އަހަރުން ފެށިގެން އޭނާ އުޅުއްވީ ދިރާގުގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު