އެމްޑީޕީ ބަލިކޮށް ރަކީދޫ ކައުންސިލުގެ ގޮނޑި ޕީއެންސީއަށް

ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އަބްދުއްރައްޒާގް އާދަމް ކާމިޔާބުކުރެއްވީ އެމްޑީޕީގެ އާދަމް ސާމީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

އެގޮތުން، 281 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މި ބައި އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އަބްދުއްރައްޒާގަށް 99 ވޯޓް ލިބިވަޑައިގަތެވެ. އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ސާމީއަށް ލިބިވަޑައިގަތީ 81 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 4 އެވެ. މި އިންތިހާބުގައި 184 މީހަކު ވަނީ ވޯޓްލާފައެވެ. އެއީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 65.4 އިންސައްތައެެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންގެ އިތުރުން މިފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައްވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ ކެނޑިޑޭޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *