Saturday, 15 June 2024

ގެއެއްގެ ތެރޭގައި މީހަކު މަރުވެ، ކުނިވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނިކަގަސް މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 67 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެއީ ޑޮކްޓަރަށް ދައްކަން މާލެ އައި މީހެކެވެ. ނަމަވެސް އެ މީހާގެ ޚަބަރެއް ނުވެގެން މިރޭ 8:50 ހާއިރު ރިޕޯޓެއް ލިބިގެން އެ މީހާ މާލޭގައި ހުރި ގެ އަށް ގޮސް ޗެކްކުރީ އެވެ.

އެ މީހާ ދިރިއުޅޭ ކޮޓަރި އަށް ފުލުހުން ވަދެ ބެލިއިރު، ފެނުނީ މަރުވެފައި އޮއްވައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އެ ސަރަހައްދުން ކުނިވަހެއް ދުވާތާ 2-3 ދުވަސް ވެއްޖެއެވެ. އެ މީހާގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އޭނާ މަރުވެ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

އެ މީހާގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު