8 ފެބުރުވަރީ 2025

ޑިމޮކްރެޓްސްއަށް މައިނޯރިޓީ ކަން ގެއްލި ޕީއެންސީ މައިނޯރިޓީ ޕާޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުުމުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއިއެކު، މައިނޯރިޓީ ޕާޓީގެ ގޮތުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަނޑައަޅައިފިއެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.

މައިނޯރިޓީ ޕާޓީގެ ގޮތުގައި ކަނޑައެޅި ޕީއެންސީގައި ތިއްބެވީ 14 މެންބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުން އިރު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގައި މިހާރު ތިއްބެވީ 44 މެންބަރުންނެވެ.

އެހެން ޕާޓީތައް:

  • ދަ ޑިމޮކްރެޓްސް: 13 މެމްބަރުން
  • ޕީޕީއެމް: 2 މެމްބަރުން
  • އެމްޑީއޭ: 2 މެމްބަރުން
  • ޖޭޕީ: 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ: 3 މެމްބަރުން

މިދިޔަ ޑިސެމްބަރު 28 ގައި އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑައިގެންފައިކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ، ދަ ޑިމޮކްރެޓްސްއެވެ. އަދި މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު