Wednesday, 19 June 2024

ގެމަނަފުށީ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް އަސަދުﷲ އަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި އިންތިހާބު އަސަދުﷲ ޝިހާބް (އަސަދު) ކާމިޔާބުކޮށްފިއެވެ.

ގެމަނަފުށީ ދާއިރާގެ ޓިކެޓް ހޯދުމަށް ހަތް ކެންޑިޑޭޓަކު ވާދަކުރިއިރު،  އޭގެތެރެއިން އެންމެ ގިނަ ވޯޓް ހޯއްދެވި އަސަދުﷲ އަށް 456 ވޯޓް ލިބުނެވެ. ދެވަނައަށް ދިޔަ ކެންޑިޑޭޓް ޝަހީދު އިބްރާހިމް އަށް 412 ވޯޓް ލިބުނެވެ. ތިން ވަނައަށް ދިޔައީ އަހުމަދު ހަސަން މަނިކު (ޝީޝާ އަހްމަދު) އެވެ. އޭނާ އަށް 407 ވޯޓް ލިބުނެވެ.

ގެމަނަފުށީ ދާއިރާގެ ޓިކެޓް ކަށަވަރުކުރި އަސަދުﷲ ވަނީ ޕީޕީއެމް ޔޫތު ވިންގްގެ މެންބަރުކަން ކޮށްފައެވެ. ފާއިތުވެ ދިޔަ ތިން ރިޔާސީ އިންތިހާބު 2013، 2018 އަދި 2023 ހިމެނޭހެން، މަޖިލިސް އިންތިހާބުތަކާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީއަށް ގޮނޑި ކާމިޔާބު ކުރުމަށް އަސަދުﷲ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވިއެވެ.

ގެމަނަފުށީ ދާއިރާގައި ހިމެނެނީ ގެމަނަފުށީގެ އިތުރުން ދެއްވަދޫ އަދި ކަނޑުހުޅުދޫ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު