Saturday, 15 June 2024

ގާސިމުގެ ރައްދު އިދިކޮޅަށް؛ ގައުމު ހަލާކުކޮށްލަން ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް މަސައްކަތް ނުކުރައްވާ

ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާފައިވަނިކޮށް އެއާއި ދެކޮޅަށް މަސައްކަތް ނުކުރެއްވުމަށް މާމިގިލި ދާއިރާގެ މެންބަރުން ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަނަވަސް އަގުލަބިއްޔަތަކާއިއެކު އިންތިހާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީއިން ރުހުން ދޭން ފެންނަކަމަށް ނިންމާފައިވާކަމަށާއި އަދި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ރުހުން ދީގެން ނުވާނެކަމަށް ކޮމިޓީއިން ނިންމި އެއްވެސް ވަޒީރަކު ނެތްކަމަށާއި، އެހެންކަމުން މަޖިލީހުގެ ތަޅުމުންވެސް ރުހުން ދޭން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ގޮސްކޮށް ކަމެއް ކުރައްވައިފިނަމަ ދެން އަމަލު ކުރެވޭނެ ގޮތްތައްވެސް އެބަހުރިކަމަށާއި، މީގެ ކުރީގައި އައި ކޮންމެ ވެރިކަމެއްގައިވެސް ރައީސުލްޖުމްހުރިއްޔާ ފޮނުއްވާ ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އެވަގުތު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަދައްކަވަމުން ގެންދިއުމުގެ ސަބަބުން ގާސިމް ވަނީ އެކަން ހުއްޓާލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މަޖިލީހުގެ ރައީސްގެ އަރިހުންވެސް ގާސިމް ވަނީ އާޒިމް ހުއްޓުވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށާއި، ރައީސުލްޖުމްހުރިއްޔާ ފޮނުއްވާ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމަށް ކުރާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

ގައުމު އޮތީ ވަރަށް ދަތި ހާލަތެއްގައިކަމަށް ފާހަގަކޮށް، ސަރުކާރަށް ޖެއްސުން ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ.

އެވަގުތު ބައެއް މެންބަރުން ވާހަކަދައްކަވަމުން ގެންދިއުމުގެ ސަބަބުން ގާސިމްގެ ވާހަކަ ހުއްޓާލެއްވިއެވެ. އަދި ރިޔާސަތުން ވަނީ އާޒިމްގެ އަރިހުގައި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް އެދިފައެވެ. ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ގޮތް ނިންމުމަށްފަހު މަޖިލީސް އިންތިހާބަށް ވޯޓު ހޯދަވަން މެންބަރުން ދިއުމަކީ ހަޑިކަމެއްގެ ގޮތުގައި ގާސިމް ސިފަ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު