Saturday, 15 June 2024

ވަޒީރުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދަތިކުރުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން: އައްބާސް

ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދަތިކުރުން ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އެމްޑީއޭގެ ޤައުމީ ކައުންސިލް މެންބަރު، ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބު ރައީސް އަދި އެޕާޓީން ރައްޔިތުން މަޖީލިހުގެ ވެލިދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް "ފިޔަ އޮންލައިން" އަށް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކަށް ވަޒީރުން ޢައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ކަމަށެވެ.

އެހެންކަމުން، ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުރި، ޤާބިލު ބޭފުޅުން ކަމަށް ވީހިނދު އެ ވަޒީރުންނަށް ރުހުން ދިނުމަށް އައްބާސް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރެއްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވަން ތިއްބެވި ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމަކީ ޑިމޮކްރެސީގެ ހަމައިން ބަލާއިރު ޤަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމެއް ކަމަށާއި، ވަޒީރުންނަށް މަސައްކަތްކުރެއްވުމަށް ފުރުޞަތު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު