ވަޒީރުންނަށް ރުހުން ނުދޭން އުޅޭ މައްސަލަައިގަައި، މަޖިލިސް ހުއްޓުމަކަށް، ޕީޕީއެމް ޕީއެންސީގެ ދަށަށް މަޖިލިސް!

ވަޒީރުންނަށް ރުހުން ނުދޭން އުޅޭ މައްސަލަައިގަައި، ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލިސް ތަޅުލައި، ތަޅުމުުގެ ކޮންޓްރޯލް ނަގައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މެންދުރު ފަހު 1:30 ގައި މަޖިލީހުގެ ޖަލްސާ ފެށުމަށް ނިންމާފައިވާއިރު، ޕީޕީއެމް ޕީއެންސީގެ މެމްބަރު ވަނީ މަޖިލީހުގެ ތަޅުމަށް ވަދެ، އެހެން މެމްބަރުންނަށް ނުވަދެވޭނެހެން އެތެރެއިން ތަޅުލާފައެވެ.

މަޖިލީހުގެ ތަޅުން ހިފުމަށްފަހު، މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިށީނދެވަޑައިގެން ހުންނެވީ ވަރަށް ފަހުން ޕީއެންސީއާއި ގުޅިވަޑައިގަތް ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ކަމަށާއި، އަދި ފޭދޫ ދާއިރާގެ މެމްބަރު، އަހުމަދު ނިހާދު ވެސް އޭނާއާ އެކު ވާކަމަށް ޚަބަރު ލިބެއެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޑިމޮކްރެޓްސްއާއި އެމްޑީޕީން ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން އަންނަނީ މަޖިލިސް ބޭރުގައި އިހުތިޖާޖު ވެސް ކުރައްވަމުންނެވެ. އިހުތިޖާޖުގައި ތިއްބެވި ގިނަ މެމްބަރުން ވަނީ ސަރުކާރުގެ 22 މެމްބަރުންނަށް ވެސް ރުހުން ދިނުމަށް ގޮވާލާފައެވެ.

=އެމްޑީޕީން ރުހުން ނުދިނުމަށް ނިންމާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު