އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުދޭން ނިންމާތީ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފައެވެ.
މިމައްސަލައިގައި، ކުރީ ސަރުކާރުގައި ސިޔާސީ މަޤާމެއް ފުރުއްވި އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ކަމަށްވާާ ޠައްޔިބު ބުނެފައިވަނީ، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއަކީ ރުހުން ލިބެންޖެހޭ ވަޒީރެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރ އުސްތާޛް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއަކީ ރުހުން ލިބެންޖެހޭ ވަޒީރެއް…
— Thayyib (@thayyib) January 28, 2024
ސިޔާސީ މައިދާނުގައި އަދާލަތު ޕާޓީގައި މީގެ ކުރިން އިސްކޮށް ފެނިގެން ގޮސްފައިވާ ޑރ. މަޢުރޫފް ޙުސައިން ވިދާޅުވީ، މި ސަރުކާރުގެ އެންމެ ގާބިލް ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނުމަކީ ސިޔާސީ ޙަސަދަ ފިލުވުމާއި، ރައްޔިތުން ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސަކަށް ޖެއްސުން ކުރުން ނޫން ދެވަނަ އެއްވެސް ކަމެއް ނޫން ކަމަށެވެ.
"މިއީ ގައުމަށް ހެވެއް އެދިގެން ކުރާ ކަމެއް ކަމުގައެއް ނުފެނެއެވެ. މި ކަމަށް ބާރު އަޅައި ހުތް ދޭނީ އެބައިމީހުންނާއި ގުޅިފައިވާ ބޭރު މީހުންނެވެ. ރާއްޖޭގައި އިސްލާމީ ވުޒާރާއެއް އުފެދުނު ފަހުން އެ މަގާމް އެންމެ ގާބިލް ކަމާއިއެކު ފުރުއްވާފައިވަނީ ޑރ. ޝަހީމް ކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ. ގައުމަށް ހަމަ ޖެހުމެއް ލިބޭނީ މިފަދަ ހަނި، ޒާތީ ވިސްނުމުން އެއްކިބާވެ ތިބޭ ބައެއްގެ އަތްމައްޗަށް ބާރުތައް ލިބުނު ދުވަހަކުންނެވެ. ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި މިފަދަ ނޭއްގާނީ މީހުންނާއި ޕާޓީ ތަކަށް ކަނޑައެޅިގެން ނޫނެކޭ ބުނަން މިއަދު ރައްޔިތުންނަށް މިވަނީ ޖެހިފައެވެ. އެފަދަ ޕާޓީ ތަކާއި މީހުންގެ ތަޖުރިބާ ދިވެހިންނަށް ކަރުބުޑުގައި ހިތިރަހަލާ މިންވަރަށް ލިބިއްޖެއެވެ. އާޚިރުގައި ނަތީޖާ ނިކުންނާނީވެސް އެހެން ކަމުގައި ހީވެއެވެ. ސަބަބަކީ، ޕާޓީ ތަކުގެ ކަނު ވިސްނުމުން ވިސްނާ މީހުންގެ ޢަދަދަށްވުރެ ގައުމީ ނަޒަރަކުން ވިސްނާ މީހުން ގިނަ ވާނެތީއެވެ." ޑރ. މަޢުރޫފް ވިދާޅުވިއެވެ.
އަދި މިނޫނަސް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޑރ. ޝަހީމަށް ތާޢީދުކޮށް އަޑު އުފުލަމުންނެވެ.
Shaheem is a great minister, must reconsider the decision! 🙏 https://t.co/mql3j2qTcA
— Zaina xee (@zainaxai) January 28, 2024
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޮރަޕްޝަނާ ދެކޮޅަށް ސޯޝަލް މީޑިޔާގައި އަޑު އުފުއްލަވާ އިސްމާޢީލް ޒަރިޔަންދު ވިދާޅުވީ، އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާއި އެޓާނީ ޖެނަރަލް އުޝާމްއަކީ ސަރުކާރު ހިންގުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށެވެ.
I believe appointed Islamic Minister @Mohamedshaheem1 and Attorney General has public service experience and capacity to perform their duties.
— Ismail Zariyand (@zariyand) January 28, 2024
ކިޔުންތެރިންގެ ޚިޔާލުތައް:
ރުހުންދިނުމާއި ނުދިނުމަކީ އެމެމްބަރެއްގެ ނިންމުން. ރުހުނނުދޭން ނިންމިސަބަބު އެމީހުން ބުނެދޭނެ. ޢެފުރުސަތު ދިނުމަށްފަހު ދެވަނަ ޗޮއިސްއަކަށް ދެވޭން އެބައޮތް. ހަޑިވާކަށް ނުޖެހޭ. މަޖިލިސް މެމްބަރުން ނަކީ ސީދާ ރައްޔަތުން ހޮވިބައެއް. ވަޒީރުން ނަކީ ރައީސް އައްޔަންކުރާބައެއް. ރީތިގޮތަކީ ރުހުންނެތް ކަންއެގޭހިސާބުން ޙަމްދުކޮށްގެން ފެއަށް ޖެހިލުން. މީހުންހުސްވީކީނޫން. ސަރުކާރު ހިންގާ ކޯލިޝަނުންހިންގި އަމަލުން ދައްކުވައިދެނީ އެމީހުން އެބުނާ ޑިމޮކުރަސީ އާ ބީރައްޓެހިކަމާ ނާތަހުޒީބުކަން. ރުހުންނެތިވެސް މިނިސްޓަރުންނަށް ތިބެވޭނެ.