Thursday, 20 June 2024

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރަން ޕީޕީއެމް ޕީއެންސީން ހުށަހަަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނާއިބު ރައީސް އަހުމަދު ސަލީމް މަޤާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީޕީއެމް ޕީއެންސީން ހުށައަޅައިފިއެވެ.

އެގޮތުން، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ 23 މެންބަރުންގެ ސޮޔާއެކުއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ އިތުރުން، އެމްޑީއޭގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ސޮއިކޮށްފައިވެއެވެ.

އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަސައްކަތްކުރައްވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަންކަމަށެވެ. މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައިވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ޤަވާއިދާއި ޤާނޫނުއަސާސީއާ ހިލާފަށްކަމަށްވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، އެކަމަށްޓައި ނަގާ ވޯޓްގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައ،ި އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭނެއެވެ. އަދި އެނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރަންޖެހޭނެއެވެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު