ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުުގުވެރިވެވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ހުޅުވައިލައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ 2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ވިދާޅުވީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާނީ މި ލިންކު މެދުވެރިކޮށް ކަމަށެވެ.
ހަމައެހެންމެ، ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވެސް 2024 ވަނަ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.