Friday, 04 October 2024

ޣަައްސާން މައުމޫނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޑިފެންްސް މިނިސްޓަރަކަށް ޣަައްސާން މައުމޫނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޣައްސާނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައި ވަނީ 71 މެމްބަރުންގެ ވޯޓުންނެވެ.

ރުހުން ދިނުމަށް ފާސްކޮށްފައިވަނީ މިއަދު 1:30 ގައި އޮތް ޖަލްސާއަށް ވޯޓަށް އަހައިގެންނެވެ.

މަޖިލިހުގެ ޖަލްސާ އިއްޔެ އެންމެ ފުރަތަމަ ފެށީ ހެނދުނު 9:00 ގައެވެ. އެގޮތުން ކޮމިޓީ ރިޕޯޓު ހުށަހަޅައި މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައި މަޖިލިހުގެ ޖަލްސާ މެދުކަނޑާލީ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، މަޖިލިހުގެ ތަޅުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ ގަޑީގައި ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އޭގެ ފަހުން ރޭގައި ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ. އެގޮތުން އިއްޔެ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި ޕީޕީއެމް/ޕީއެންސީން ވަނީ ދޮރު ތަޅުލައި ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ. އެކަމަކު، ފަހުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންނަށް މަޖިލިހުގެ ތަޅުމަށް ވަދެވޭ ގޮތްވިއެވެ.

އެއާއެކީ، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގިއެވެ. މާރާމާރީ ބޮޑަށް ހިންގީ އެއް ބަޔަކު، އަނެއް ބަޔަކު މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރަމުންނެވެ. ހަމަނުޖެހުން ބޮޑުވެގެން އެންމެ ފަހުން ޖަލްސާ ބޭއްވޭ ގޮތް ނުވީއެވެ.

އޭގެ ފަހުން ރޭ 8:00 އާއި 10:30 ހާއިރު ޖަލްސާ ބާއްވަން މަސައްކަތް ކުރުމުން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު