16 ފެބުރުވަރީ 2025

މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށެވެ.

ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިހާރު ހިނގާ ރަސްމިއްޔާތުގައެވެ.

މަޖިލީހުން ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދޭން ފާސްވާނީ މަދުވެގެން 35 ވޯޓު ލިބިގެންނެވެ. އެކަމަކު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްބައިވެ، އެ ތިން ވަޒީރުންނަށް ރުހުން ނުދޭނެކަން ވޯޓުގެ ކުރިން ވެސް އޮތީ އިއުލާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު